Logo

© 2024 މަރޮށި ކައުންސިލް

ދިވެހިން

996

ފިރިހެން
494
އަންހެން
502

ބިދޭސީން

44

ފިރިހެން
32
އަންހެން
12

އިއުލާންތައް

ހުރިހާ އިޢުލާނެއް
12Oct

ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ.

ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިން ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)279-WDC/2025/17 (04 އޮކްޓޫބަރ 2026) އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައެއް ނުވެއެވެ. އެހެންކަމުން، ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު 2026 އޮކްޓޫބަރ 15 އާއި ހަމައަށް އިތުރުކުރީމެވެ. ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2026 އޮކްޓޯބަރ 31 ވާ ހޮނިހިރު ދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށައެޅުމުގެ ފުރުސަތު މުއްދަތު 2026 އޮކްޓޫބަރ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ހުޅުވާލަމެވެ. ވީމާ، މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން "ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" ށ.މަރޮށި ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. " ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށެވެ. މިއިދާރާގެ ނަންބަރު: (IUL)279-(IUL)279-WDC/2025/17 (04 އޮކްޓޫބަރ 2026) އިޢުލާނާއި ގުޅިގެން "ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށައަޅާކަށް ނުޖެހޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރު 9186595 / 9976559 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 01 ޖުމާދަލްއޫލާ 1448 12 އޮކްޓޯބަރ 2026

4Oct

ކާބޯތަކެތީގެ މައުރަޒު ބޭއްވުމާއި ގުޅޭ

މިކޮމެޓީ އާއި މަރޮށީ ކައުންސިލާއި ގުޅިގެން، ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2026 އޮކްޓޯބަރ 31 ވާ ހޮނިހިރު ދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށައެޅުމުގެ ފުރުސަތު 04 އޮކްޓޯބަރ 2026 އިން 11 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. މިއަދުން ފެށިގެން "ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރު 9186595 / 9976559 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި "ކާބޯތަކެތީގެ މައުރަޒުގެ އުސޫލު" މި އިޢުލާނާއިއެކު އާންމު ކުރަމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 23 ރަބިޢުލްއާޚިރު 1448 04 އޮކްޓޯބަރ 2026

1Sep

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހޯދުން

ތިރީގައި މިވާ ގޯތީގެ "އިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ގެއްލިގެން، އަލުން "އިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ހަދައިދިނުމަށްއެދި މިއިދާރާއަށް ވަނީ ހުށަހަޅާފައިއެވެ. ގޯތީގެ ނަން ރަޖިސްޓްރީ / ގޭގެ ނަންބަރ ރަޖިސްޓްރީގެ ބާވަތް ހިރި 10-C/2006/11 އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ވީމާ، މިގޯތީގެ "އިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން 2026 ސެޕްޓެމްބަރ 06 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ، މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 18 ރަބީޢުލްއައްވަލް 1448 31 އޮގަސްޓް 2026

މުހިންމު އެންގުން

މިވަގުތު މުހިންމު އެންގުމެއް ނެތް

ހުރިހާ އެންގުންތައް
ތަރައްޤީ

ތަރައްގީގެ މަޝްރޫއުތައް

ހުރިހާ މަޝްރޫއުތައް
ޕްލޭން ކުރެވިފައި

ބަނދަރު ހެދުން

45%

ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް