ކައުންސިލާ ބެހޭ
ކައުންސިލް ތަޢާރަފް
މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލަކީ "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު (ނަންބަރު 2010/7) ގެ 20ވަނަ މާއްދާގެ ދަށުން އުފެދިފައި އޮތް ކައުންސިލެކެވެ. އަދި މަރޮށި ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ.
މަރޮށި ކައުންސިލުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު (ނަންބަރު 2010/7)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމާއި، މަރޮއްޓަކީ އަމާން ވެއްޓެއް އޮތް އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމެވެ.
މިޝަން
"މަރޮއްޓަކީ ދީންވެރި، އެކުވެރި، މުރާލި، އުފެންދުންތެރި ރައްޔިތަކު ދިރިއުޅޭ އަމާން ރަށަކަށް ހެދުން"
ވިޝަން
"ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އަދުލުވެރި ހެޔޮ ވެރިކަމެއްކޮށް، ރައްޔިތުންނަށާއި މަރޮށީގެ ތަރައްޤީއަށް މަސައްކަތްކުރާ އުފެއްދުންތެރި ކައުންސިލަކަށްވުން."
ގ
އިދާރީ އޮނިގަނޑު
Organizational Structure
ކައުންސިލް
ކައުންސިލް މެންބަރުން
ށ. މަރޮށި ކައުންސިލްގެ އެކި ދައުރުތަކުގެ މެންބަރުން

މުޙައްމަދު ޢަބްދުއްރަޙްމާން
ކައުންސިލް ރައީސް
6541540

ނުހާ ޢަލީ ޒާހިރު
ނައިބު ރައީސް
6541539

މަސްޢޫދު ވަޙީދު
ކައުންސިލް މެމްބަރ
6541538
ކާމިޔާބީތައް
ކައުންސިލުން ހޯދާފައިވާ ކާމިޔާބީތައް
ގަދަ 10 ކައުންސިލް
2024 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލް އެވޯޑް
ޚިދުމަތުގެ ފެންވަރު
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އެވޯޑް
ތިމާވެށި ޙިމާޔަތް
ތިމާވެށި ޙިމާޔަތް ކުރުމުގެ އެވޯޑް