Logo

© 2024 މަރޮށި ކައުންސިލް

އިޢުލާންތައް

ކާބޯތަކެތީގެ މައުރަޒު ބޭއްވުމާއި ގުޅޭ

October 4, 2026
މިކޮމެޓީ އާއި މަރޮށީ ކައުންސިލާއި ގުޅިގެން، ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2026 އޮކްޓޯބަރ 31 ވާ ހޮނިހިރު ދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށައެޅުމުގެ ފުރުސަތު 04 އޮކްޓޯބަރ 2026 އިން 11 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. މިއަދުން ފެށިގެން "ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރު 9186595 / 9976559 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި "ކާބޯތަކެތީގެ މައުރަޒުގެ އުސޫލު" މި އިޢުލާނާއިއެކު އާންމު ކުރަމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 23 ރަބިޢުލްއާޚިރު 1448 04 އޮކްޓޯބަރ 2026